
ކްރިމިނަލް ކޯޓަށް ގާޒީއެއް ހޯދަން އިއުލާންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ހުޅުވައިލައިފައިވާ ކަމަށެވެ.
އެ މަގާމުގެ ދަށުން މުސާރައާއި އިނާޔަތްތަކާ އެކު 59،000 ރުފިޔާ ލިބެއެވެ.
އެ މަގާމަށް ކުރިމަތިިލުމުގެ ޝަރުުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ތައުލީމު ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާ އެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ.
އޭގެ އިތުރުން ބުއްދި ހަމަޖެހޭ ، އުމުރުން 25 އަހަރުވުމާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރުކަމުގައި ނުވުމާއި އަދި ސުންނަތް ޖަމާއަތުގެ މީހެއް ކަމުގައި ވެސް ވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

