ގެއްލިގެން ހޯދަމުންދިޔަ ގއ. ކޮލަމާފުށީގެ ބޯޓު، “ކޮލަމާ” ފެނުނުއިރު ކެޕްޓަން އޮތީ މަރުވެފައިކަން ހާމަވެއްޖެ އެވެ.
ރޭ 10:00 ކަންހާއިރު ލ. އަތޮޅުން ފުރި ބޯޓުގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއިން ދިޔައީ އެ ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ.
ފުލުހުން މިއަދު ހަވީރު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ބޯޓު ފެނިއްޖެ ކަމަށާއި އަދި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ބޯޓުގެ ކެޕްޓަން ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
އެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މަރުވި ކެޕްޓަންއަކީ 60 އަހަރުން މަތީގެ ދިވެއްސެއް ކަން ވެސް ވަނީ އެނގިފަ އެވެ.