ކޮފްސީ ސިރަޕް ރާއްޖެ އެތެތެކުރުމާއި ވިއްކުން ރާއްޖޭގެ ފުޑް އެންޑް ޑްރަގު އޮތޯރިޓީން މިއަދު މަނާކޮށްފި އެވެ.
އެމްއެފްޑީއެއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އެތެރެކުރާ ބޭސްތަކުގެ ފެންވަރު ތަހުލީލުކުރުމުގެ ތެރެއިން ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއީ އިންޑިއާގެ އެމްއެމްސީ ހެލްތު ކެއާ ލިމިޓެޑު ކުންފުނިން އުފައްދާ ކޮފްސީ ސިރަޕް އެވެ.
އެހެންކަމުން މިއަދުން ފެށިގެން ކޮފްސީ ސިރަޕް ރާއްޖެ އެތެތެކުރުމާއީ ވިއްކުން މަނާވާނެކަަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އަދި އެ ބޭސް ފާމަސީތަކުގައި މިހާރު ހުރިނަމަ އުސޫލުގެ ތެރެއިން ނައްތާލުމަށް ވެސް ވަނީ އަންގައިފަ އެވެ.
އެ ބޭސް ބޭނުންކޮށްގެން މިހާތަނަށް އެއްވެސް ފަރާތަކަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
މިދިޔަ އަހަރުވެސް ކޮފްސީ ސިރަޕުން މައްސަލަތަކެއް ފެނިގެން އެ ބޭސް މަނާކުރި އެވެ