
މޯލްޑިވްސް ޕޯޓް ލިމިޓެޑް ސަރަހައްދު ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޢުމުރުން 32 އަހަރުގެ މަސްޢޫދު ހޮސައިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި 14 މީހުންތިބިކަމަށާއި ނިޔާވެފައި ވަނީ ގެއްލިގެން ހޯދަމުންދިޔަ މީހާކަމަށް ފުލުހުން ބުނެއެވެ.
އިއިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ 4 ދިވެހިންނާއި 2 ބިދޭސީންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

