
ކެފޭއާއި ޓޭކްވޭތަކުގައި ގަވައިދާ ހިލާފަށް އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަންއިން އަތުލައިގެންފިއެވެ.
އިމިގްރޭޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ޓާސްކްފޯސް އިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ހުޅުމާލޭ ފޭސް އެކެއްގައި ގައި ކެފޭ/ ޓޭކްއަވޭ ހިންގަމުންދިޔަ ބައެއް ތަންތަން ބަލައި ފާސްކުރި ކަމަށެވެ.
އަދި އެތަންތަނުން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި “ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް” އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ‘އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ. އަދި އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.

