ރ. އަތޮޅު ރިސޯޓަކުން ކެނޯއެއްގައި މޫދަށް ނުކުތް ގޮތަށް ހަބަރު ނުވެގެން ހޯދަމުން ދިޔަ ޒުވާނާ ހުރީ ދުވާފަރުގައި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރީ މިރޭ 8:43 ހާއިރެވެ.
ފުލުހުން ދެންމެއަކު ބުނީ އޭނާ ހުރީ ދުވާފަރުގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.