
ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ޓީޗަރަކު، އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެ މައްސަލަ ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީއިން ކަމަށެވެ.
އެ މައްސަލައާ އުމުރުން 40 އަހަރުގެ އެ ޓީޗަރު ހައްޔަރު ކޮށްފައިވަނީ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

