ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން އެމްޑީޕީގެ މެމްބަރަކު ތާއިދުކުރައްވައިފި އެވެ.
އިގުތިސާދީ ގޮތުން މަޑުޖެހިފައިވާ މި ދުވަސްވަރު މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ގޮވާލައި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ގޮވާލަމުން ނެވެ. ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިއަދު ވަނީ ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެމްބަރުންނަށް ދޭ އިނާޔާތްތައް ކުޑަކުރަން ނިންމާފައިވާކަން އިއުލާންވެސް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް ވަނީ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ތާއިދުކުރާކަން ހާމަކުރައްވައިފަ އެވެ.
އިބްރާހިމް އެކްސްގައި މިއަދު ވިދާޅުވީ މުޅި އުމުރު ދައުލަތަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަގާމުތައް އަދާކޮށްފައި، މިހާރު ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ، ބޭސްފަރުވާ އަށް ‘ސަލާން ޖަހަމުންދާ’ ފަރާތަކާއި ދާދި ފަހުން ދިމާވި ކަމަށެވެ.
މުޅި އުމުރު ދައުލަތަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަޤާމުތައް އަދާކޮށްފައި، މިހާރު ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ، ބޭސްފަރުވާ އަށް ‘ސަލާން ޖަހަމުންދާ’ ފަރާތަކާއި ދާދި ފަހުން ދިމާވި. އޭގެ އެތައް ބަޔަކު މިރާއްޖޭގައި ދިރިއުޅޭ.
ވަޒީފާއިން ވަކިވުމަށްފަހު އެފަރާތްތަކަށް… pic.twitter.com/LvHYjyjkxu— MohamedKudu (@mohamedkudu) September 9, 2025
“އޭގެ އެތައް ބަޔަކު މިރާއްޖޭގައި ދިރިއުޅޭ. ވަޒީފާއިން ވަކިވުމަށްފަހު އެފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަދަރެއް، އިއްޒަތެއް ރައްޔިތުންގެ މަޖިލިސް މެންބަރަކަށްވީތީ ލިބުމަކީ އިންސާފެއް ނޫން. އެކަން ބަލައެއް ނުގަނެވޭނެ.” އިބްރާޙިމް ވިދާޅުވި އެވެ.
ކުރީގެ މެމްބަރުންނަށް މިހާރު ވެސް ހެލްތު އިންޝުއަރެންސްއާއި އެހެނިހެން އިނާޔަތްތަކަށް ބޮޑު ހޭދައެއް ދަނީ ކުރަމުން ނެވެ،