
ކާށިދޫ ފައިސަލާ ބޯޓް ފަރަށް އަރައި، ހިނގި ހާދިސާގައި ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އެ ބޯޓް ފަރަށް އަރައިގެން ގެއްލުނު ބަނގްލަދޭޝްގެ ޢުމުރުން 30އަހަރުގެ އެމްޑީ އަލަމްގިރި ފެނިފައި ވަނީ އެ ރަށު ފަރުމަތީން ކަމަށެވެ. އަދި އެ ރަށު ޞިއްޙީ މަރުކަޒަށް އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް ޞިއްޙީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ.
މާލެއިން މުދާ ބަރުކޮށްގެން ކ،ކާށިދޫއަށް ދަތުރުކުރި ފައިސަލާ ބޯޓް ފަރަށް އެރީ މިރޭ 8ޖެހިކަންހާއިރުއެވެ. އެ ބޯޓްގައި ތިބީ 11 ފިރިހެނުންނެވެ. އެއީ 5 ދިވެހީންނާއި ބަނގްލަދޭޝްގެ 6 މީހުންނެވެ. މަރުވެފައި އޮއްވައި ފެނުނު ބަނގްލަދޭޝް މީހާ ފިޔަވައި އެހެން ހުރިހައި އެންމެން ވެސް ވަނީ ސަލާމަތްކުރެވިފައެވެ.

