ކަސްޓަމްސްގެ ފީ އެއް ދައްކަން ބުނެ ލިންކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް ޕޯސްޓުގެ ނަމުގައި އެސްއެމްއެސް މެސެޖުތަކެއް ފޮނުވަމުން ދަނީ ‘އެމްއެޗްސީއެލް’ ކިޔާ ގޮތް ނޭނގޭ ފަރާތަކުންނެވެ.
އެ މެސެޖުގައި ބުނެފައި ވަނީ ކަސްޓަމްސްގެ ފީ ނުދައްކާތީ ކޮށްފައިވާ އޯޑާ ޑެލިވަރީ ނުކުރެވޭނެ ކަމަށެވެ. އިތުރަށް ލަސްވިޔަ ނުދޭން ކަމަށް ބުނެ ފައިސާ ދައްކާނެ ލިންކެއް މެސެޖާ އެކު ވަނީ ހިމަނާފަ އެވެ.
އެކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ އެ އިދާރާއަށް އެއްވެސް ފައިސާއެއް ދެއްކުމަށް އެދި ލިންކަކާ އެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އަދި އެފަދަ ލިންކުތަކަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.
🚨ސްކޭމް އެލަރޓް:
ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސް.އެމް.އެސް އެއް ނުފޮނުވާނެ.
މިފަދަ ލިންކުތަކަށް ސަމާލުވެލައްވާ! pic.twitter.com/G7QBIcWeRH
— Maldives Customs Service (@CustomsMv) June 14, 2025
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު ސްކޭމަރުން ދަނީ އެސްއެމްއެސް އާއި ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ލިންކުތައް ފޮނުވަމުންނެވެ.