
އަންނަ އޭޕްރީލް 4ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީއިން އިއްޔެވަނީ މި ވޯޓު ފޮށިތަކުގެ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން އަތޮޅުތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 240 ވޯޓު ފޮށި ބަހައްޓާނެއެވެ. ރިސޯޓުތަކުގައި 50 ފޮށި އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި 3 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓާނެއެވެ.
މިފަހަރު ރާއްޖެއިން ބޭރުގައި ބަހައްޓަނީ 2 ވޯޓު ފޮއްޓެވެ. އެއީ އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ލަންކާ އަދި މެލޭޝިއާގައެވެ.
އީސީން ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ވެސް އާންމުކޮށްފައެވެ. މި އިންތިހާބުގައި 7 މީހަކަށް ވޯޓު ލެވޭނެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

