މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައފި އެވެ.
ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ހައްޖުގެ އަޅުކަން އަދާުރެއްވުމަށް މި ވަގުތު ސައުދީއަރަބިޔާ އަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގަވާފަ އެވެ.
މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން…
— Dr Mohamed Muizzu (@MMuizzu) June 1, 2025
ފުލުހުން ދެންމެ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި އެކަން ހިނގި ގޮތް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފައެވެ.
— Maldives Police (@PoliceMv) June 1, 2025
މާލެ، ހުޅުމާލެގެ އިތުރުން ވައިގެ މައި ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފަ އެވެ.
އެމްއޭސީއެލުން ބުނީ ބެކަޕް ޖަނަރޭޓަރުތައް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.