
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގދ. ތިނަދޫ ސިޓީގެ މަގުތަކުގައި ފެން ބޮޑުވެއެޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، ތިނަދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ދިފާއީ ބާރުގެ ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ސިޓީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ޕަންޕުގެ އެހީގައި ބޮޑު ބަޔަކުން ފެން ހިނދާފައިވާ ކަމަށާއި ގެތަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/qXAwbLWVfP
— Maldives National Defence Force (@MNDF_Official) December 7, 2025
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފައެވެ. ހަމައެހެންމެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި

