
ރެއިން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މެޓް އޮފީހުން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރާވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަ ވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އުޅަނދުގެ ސަލާމަތީ ހުރިހާ އާލާތްތަކެއް ހަމައަށް ހުރިތޯ ބެލުމަށް ޤައުމީ ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވެސް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

