ސިނަމާލެ ބުރިޖުގެ ލައިޓުތައް ނުދިއްލޭތީ ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
މީގެ ގަޑިއެއްހާ އިރު ކުރިން ފުލުހުންގެ ހިދުމަތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިނަމާލެ ބުރިޖާ ގުޅިފައިވާ މަގުތަކާއި ސިނަމާލެ ބުރިޖުގެ ލައިޓުތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓުތަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
ހަމަ އެހެންމެ ބައެއް ވަގުތުތަކުގައި ވިއްސާރަވެސް ވެހެމުންދާތީ ބުރިޖުން ދަތުރުކުރަމުންދާ ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓަށް ދިމާވި މައްސަލަ ހައްލުކުރެވި، މިހާރު ވަނީ ލައިޓް ބޭނުންކުރަން ފަށާފައެވެ.
ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވަން. https://t.co/wBi7fzCAuE
— Maldives Police (@PoliceMv) September 30, 2025
ނަމަވެސް ފަހުން ފުލުހުން ބުނީ ވެ އެއާޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ލައިޓް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ލައިޓުތަކަށް މައްސަލަ ދިމާވި ސަބަބެއް ސީދާ ފުލުހުން ހާމައެއް ނުކުރެ އެވެ.