ތ. ކަނޑޫދޫގައި ބިދޭސީ ޓީޗަރަކު ދިވެހި ކުއްޖެއްގެ އިނގިލި ބިންދާލައި އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 10:55 ހާއިރެވެ.
ފުލުހުން ބުނި ގޮތުގައި ބިދޭސީ ޓީޗަރު ވަނީ ދަރިވަރުގެ އިނގިލި ހިފައި އަނބުރާލައި ހުޅުން ނައްޓާލައިފަ އެވެ. އެ ކުއްޖާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ތުހުމަތުވާ ބިދޭސީ ޓީޗަރަކީ އިންޑިއާ ފިރިހެނެކެވެ. އޭނާ އަނިޔާކުރި ކަމަށް ބުނަނީ 11 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.