މާލެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ނެގުމަށް ފުލުހުން ކުރާ މަސައްކަތުގައި ލޯކަލް ގަވަނަންސް މިނިސްޓްރީން ބައިވެރިވެއްޖެ އެވެ.
ސަރުކާރުން ބުނީ ފުލުހުން ކުރާ މަސައްކަތުގައި މާލެ ސިޓީ ކައުންސިލް ވެސް ބައިވެރިވާ ކަމަށެވެ.
މިއީ އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް މާލޭގެ މަގުތައް ހެދުމަށް ޓަކައި ކުރެވޭ މަސައްކަތެކެވެ.
މި މަސައްކަތުގެ ތެރޭގައި ސައިކަލާއި، ކާރާއި އަދި ޕިކަޕު ފަދަ ވެހިކަލްތައް ވެސް ފުލުހުން އަންނަނީ ނަގަމުންނެވެ.