ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް މިއަދު ހެނދުނު ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.
ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުންނެވެ.
އެމްއެންޑީއެފްއިން ބުނީ އެ އުޅަނދުގައި ހުރި ބައެއް ސާމާނު އޮޔާދަމުން ދަނީ އިރުމައްޗަށްވާ ގޮތަށް ކަމަށެވެ.
“ވީމާ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.” އެމްއެންޑީއެފްއިން ބުންޏެެވެ.
ހަ މީހުން ދަތުރުކުރި އެ ލޭންޑިން ކްރާފްޓުން ހަ މީހަކު ދަތުރުކުރި އިރު އޭގެ ތެރެއިން ދެ މީހަކު ގެއްލުނެވެ. އޭގެ ތެރެއިން އެމްއެންޑީއެފްގެ އޮފިސަރު އަލީ ހާމިދު ފަހުން ފެނުނު އިރު ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނެ އެވެ.