ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފި އެވެ.
ަިއިސްލާމިކް މިނިސްޓްރީން ބުނީ އެ ނިންމުން މިހާރު ކައުންސިލްތަކަށް އަންގާފައިވާ ކަމަށެެވެ.
އެގޮތަށް ކަނޑައެޅީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށް މިނިސްޓްރީން ބުންޏެެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަގުރިބް ނަމާދުގައި 8 މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ނިންމުން ނިންމީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާއި ގުޅިގެން އެކަމަށް ރިއާޔަތްކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.