
މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ޖަނަވަރީ މަހުގެ 5ވަނަ ދުވަހު، ޑްރަގު އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއްގެ އެޕާޓުމަންޓެއް ބަލައި ފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ހޯދާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ)، ސުމަން އަދިކަރި، ނޭޕާލް (26އ)، މޮޒައްމެލް، ބަންގްލަދޭޝް (43އ)، ރާމްޖި ޕަރިޔަރް. ނޭޕާލް (38އ)ގެ އިތުރުން ބިކްރަމް ނެޕަލި، ނޭޕާލް (27އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

