
ރ. މާކުރަތުގައި އަލަށް ޤާއިމުކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ.
އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޓޭޝަން ހުޅުވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު ޢަލީ އިޙްސާނެވެ.
ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނާ ގާތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޤާއިމުކުރެވުނު މި ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މިއީ ރަށްތަކުގައި ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ނަވީން ވިދާޅުވީ މި މަޝްރޫޢުއިން ދައްކުވައިދެނީ ފުލުހުންނަށް ޚާއްސަ ވަސީލަތްތައް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރާއި ދާއިރާ ފުޅާކުރުމަށް ސަރުކާރުން ދެމުންގެންދާ ބޮޑު އަހަންމިއްޔަތުކަމެވެ.
ރ. މާކުރަތު ފުލުހުންގެ ސްޓޭޝަންގެ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

