ދިވެހި ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ ”ރައްކާ ކެމްޕެއިން” ޕްރޮގްރާމް ކުރިއަށް ގެންދަން ތިން ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުން މިއަދު ސޮއިކުރީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އާއި އެމްޓީސީއާއެކު އެވެ.
އެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ސޮއިކުރެއްވި އިރު އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަ އޮފް މޯލްޑިވްސް ހުސައިން ނިޔާޒް އެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓާ ނަސްރަތު މުހައްމަދު އެވެ. އަދި އެމްޓީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މިއަދު މި ސޮއިކުރި މި އެއްބަސްވުންތަކުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިންވެންޝަނުން މި އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިން’ރައްކާ’ ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.