
ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްއިން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލްއިން މިއަދު ބުނީ އެ މަސައްކަތްތައް މާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގައި މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އޭގެ ތެރޭގައި ހުޅުމާލެ މަސްޖިދުލް ޘާނީ މިސްކިތުގައި މައިޒާނެއް ތަރައްީކުރުމާއި ހުޅުމާލެ މަސްޖިދުލް ޚައްތާބުގެ ފުރާޅު މަރާމާތުކުރުމާއި އާބާތުރަ ފިލުވުން ހިމެނޭ ކަމަށް ކައުންސިލްއިން ބުންޏެވެ.
އިތުރު މަސައްކަތްތަކުގެ ތެރޭގައި
- މާލޭ ތަޤްވާ މިސްކިތް، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި ފެހިކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް.
- ހުޅުމާލޭ މަސްޖިދުލް މުޙައްމަދު: ތިރީބައިގެ ދޮރުތަކުގައި ޑިޒައިން ސްޓިކާ ހަރުކުރުން.
މަރާމާތުގެ އިތުރުންވެސް، މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި، ނަމާދުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށް ވެސް ސިޓީ ކައުންސިލްއިން ބުންޏެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޯދަ މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާ މަހަކަށްވާތީ، މިސްކިތްތަކަކީ ހިތްގައިމު ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ،

