އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް ރޭ އައި 6.2 މެގްނިޓިއުޓުގެ ބިންހެލުމެއް އަސަރު ރާއްޖެއަށް ކުރި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފި އެވެ.
އެ ބިންހެލުން އައިސްފައިވަނީ ރޭ ރާއްޖެ ގަޑިން 11:41 ހާއިރު އެވެ. އެ ބިން ހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރޭ އެ އިދާރާއިން އޮތީ ބުނެފަ އެވެ.
އެކަމަކު މެޓުން މިއަދު ބުނީ، އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައިނުވާ ކަމަށާއި، އެކަމަކު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.
..ނަމަވެސް ބިންހެލުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް، ރާއްޖޭ ގަޑިން 11:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑްކުރެވިފަ އެވެ
މެޓުން ބުނީ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ ކަމަށެވެ.