
ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު، 2026 މާރިޗު 10 ވަނަ ދުވަހުގެ 15:50 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް ވާނީ އިރުޝާދު ދީފައެވެ. އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ ހިފު އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވާނީ ނަސޭހަތްތެރިވެފައެވެ.
އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.

