
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް 886.5 މިލިއަން ޑޮލަރަށް އުފުލިއްޖެއެވެ.
މަރުކަޒީ ބޭންކުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 886.5 މިލިއަން ޑޮލަރެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ ރިޒާވްގައި ހުރީ 866.3 މިލިއަން ޑޮލަރެވެ. މިއީ 20.2 މިލިއަން ޑޮލަރު ނުވަތަ ދެ ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި 2024 ނޮވެމްބަރު މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 616.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު ހުރި 866.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 270.4 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އަދި ނޮވެމްބަރު މަސް ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 220 މިލިއަން ޑޮލަރެވެ. މިއީ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެވެ.

