
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ އަންހެން ސާފިންގ ޗެންޕިއަންކަން އާލިޔާ ލަތީފް ހޯދައިފިއެވެ.
ރާއްޖޭގެ ސާފިންގ އެސޯސިއޭޝަންއިން ކުރިއަށް ގެންދާ ސާފިންގ މުބާރާތުގެ 18 އަހަރުން ދަށުގެ އަންހެން ބައިގައި ވާދަކޮށް ޢުމުރުން އެންމެ 8އަހަރުގެ އާލިޔާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި 10.23 ޕޮއިންޓް ހޯދައިގެންނެވެ. އާލިޔާއާ ވާދަކުރި ދެ ބައިވެރިންގެ ތެރެއިން މުބާރާތުގެ 2 ވަނަ ޙާޞިލްކުރީ ޖުމްލަ 7.67 ޕޮއިންޓް ލިބިގެން ޢާއިޝާ ތާރާ ވާސިފެވެ. އަދި ތިން ވަނަ ޙާޞިލްކޮށްފައި ވަނީ 3.86 ޕޮއިންޓް ލިބުނު އަލައިކާ ޢަބްދުލް އަލީމެވެ.
އޮކްޓޯބަރ 29-31އަށް ކުރިއަށް ދިޔަ މި އަހަރުގެ ސާފިންގ މުބާރާތުގައި ގިނަ ކުދިންތަކެއްގެ ހުނަރު ވަނީ ފެނިގެން ގޮސްފައެވެ.

