ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ގުޅުމަކީ ގުޅުމަކީ ލިޔެފައިވާ ތާރީހަށްވުރެ ދޮށި، ކަނޑުގެ އަޑިއަށްވުރެ ފުން ގުޅުމެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ މޯދީ އެހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެ ބޭފުޅުން ދެއްވީ ޖޮއިންޓް ޕްރެސް އެއްގަ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ ދެ ގައުމުގެ ގުޅުމަކީ އެތައް ޒަމާންވި ގުޅުމެއް ކަމަށެވެ.
އަޅުގަނޑުމެންގެ ގުޅުމަކީ ތާރީހަށްވުރެ ވެސް ދޮށީ ގުޅުމެއް، ކަނޑުގެ އަޑިއަށްވުރެ ފުން ގުޅުމެއް
މޯދީ ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް ގައުމު ކަމަށާއި އިންޑިއާގެ ‘ނެއިބަހުޑް ފަސްޓް ޕޮލިސީ” ‘މަހާސަގަރު’ ތަސައްވުރުގައި ރާއްޖެއަކީ ވަރަށް މުހިންމު ގައުމެއް ކަމަށެވެ.
ރާއްޖެ އިން އެންމެ އިތުބާރު ކުރެވޭ ގައުމަކީ އިންޑިއާ ކަމަށްވުމަކީ ލިބޭ ފަހުރެއް ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ފަސްޓު ރެސްޕޮންޑާ އަކީ އިންޑިއާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ވިޔަސް އަދި އެހެން ކަންކަމުގައިވިޔަސް ރާއްޖެއަށް ބޭނުންވާ ކަންކަން އިންޑިއާއިން އަބަދުވެސް އެކުގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.