
މި އަހަރުގެ ރަމަޟާންމަހު ޢާއިލާއާ ބެހޭ ކޯޓުގެ ޚިދުމަތްތަކާއި ކައިވެނިތައް ކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.
ޢާއިލާއާ ބެހޭ ކޯޓުން ބުނީ، ރަސްމީ ދުވަސްތަކުގައި އެ ކޯޓުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:30 ފެށިގެން މެންދުރު 12:00އަށް ކަމަށާއި ކައިވެނިތައް ކޮށްދިނުން މެންދުރުފަހު 14:00 ފެށިގެން 16:30އަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި ރޭގަނޑު ކައިވެނިތައް ކޮށްދިނުމަށް ކަނޑައަޅާފައިވާ ގަޑިއަކީ 21:45 ފެށިގެން 22:45 ދެމެދުގެ ވަގުތުކަމަށް ވެސް އެ ކޯޓުން ބުނެފައިވެއެވެ.
މީގެ އިތުރުން ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިތައް ކޮށްދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި މެނދުރުފަހު 14:00 އިން 16:30 އަށް، ރޭގަނޑު 21:45 އިން 22:45 ކަމަށް ޢާއިލާއާ ބެހޭ ކޯޓުން މަޢުލޫމާތުދެއެވެ. އަދި ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 21:45 އިން 22:45 އަށް ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.

