
ރައްޔިތުން އެދޭ ތަސައްވުރާ އެއްގޮތަށް ގައުމަށް ތަރައްގީ ގެނެސްދިނުމަށްޓަކައި، ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ކުރިއެރުމުން ހަގީގީ ހިތްހަމަޖެހުމެއް ލިބިގެންދާނީ އާންމު ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކޮށްގެންނެވެ. އެހެންކަމުން، ތަރައްގީގެ އެންމެހައި މަޝްރޫޢުތަކާއި ކަންކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ބާރުތައް ލާމަރުކަޒުކޮށް ރައްޔިތުންނަށް އިޚްތިޔާރުތައް ދިނުމުން ނުކުންނަ ފުރިހަމަ ނަތީޖާ ފުވައްމުލަކު ސިޓީން ވަރަށް ސާފުކޮށް ފެންނަން އެބައޮތްކަން ރައީސް ޞާލިޙް ވަނީ ދައްކަވާފައެވެ.
މަރުހަބާ އެމްޑީޕީގެ (@MDPSecretariat) އިންތިޚާބީ މޭޔަރުން، ކައުންސިލު ރައީސުންް، ޑަބްލިއު ޑީސީ ގެ ރައީސުން އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް.
ރައްޔިތުން މިއަދު މިވަނީ…
— Ibrahim Mohamed Solih (@ibusolih) April 4, 2026
ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކަށް ފަހު މެމްބަރުންގެ މެދުގައި ބައިބައިވުން އުފެދުމަށް ޖާގަ ނުދިނުމަށާއި، އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

