
ރައީސް މުއިއްޒަކީ ރައްޔިތުންގެ ތަކުލީފުތައް ލުއިކޮށްދެއްވާ ރައީސްއެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިގްބާލް އާދަމް ވިދާޅުވެއްޖެއެެވެ.
އިގުބާލް އެފަދައިން ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުން ބައިނަލްއަގުވާމީ ބާޒާރަށް ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައި ހަލާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އިގުބާލް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުންް ރައްޔިތުންނަށް ތަކްލީފެއް ނުޖައްސަވާނެ ކަމަށާއި ރައީސް މުއިއްޒަކީ ރައްޔިތުންގެ ތަކްލީފުތައް ލުއިކޮށްދެއްވާ ރައީސެއް ކަމަށެވެ.
“ރައީސް ސޯލިހުގެ ސަރުކާރުން 2021 ގައި ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކު ރައީސް މުއިއްޒުގެ ސަރުކާރުން ދައްކާ ހަލާސްކޮށްފި.” އިގުބާލް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުންް ރައްޔިތުންނަށް ތަކްލީފެއް ނުޖައްސަވާނެ! ރައީސް މުޢުއްޒަކީ ރައްޔިތުންގެ ތަކްލީފުތައް ލުއިކޮށްދެއްވާ ރައީސެއް. ރައީސް ޞާލިޙްގެ ސަރުކާރުން 2021 ގައި ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކު ރައީސް މުޢިއްޒުގެ ސަރުކާރުން ދައްކާ ޚަލާޞްކޮށްފި. pic.twitter.com/2l859l1R8P
— Iqbal Adam (@IqeyAdam) April 2, 2026
ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން އެމެރިކާ ޑޮލަރާއ،ި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ވެސް ސަރުކާރުން ވަނީ ދައްކައިފައެވެ. އެއާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ގެ މިންވަރު ކުޑަވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންށާއި އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

