
ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލަށް ސިޓީއަށް ފެން ފޯރުކޮށްދިނުމަށް ދިމާވި ދަތިތަކާ ގުޅިގެން އެ މަހަށް ބިލު ނުކުރާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކުރުމަށާއި، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާކަމަށެވެ. އަދި ފެނުގެ ނިޒާމު އަޕްގްރޭޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސައްކަތުގެ މަޤްސަދަކީ ފުވައްމުލަކުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ފެންވަރު ރަނގަޅު ފެނުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް ފެނަކައިން ބުނެއެވެ.
ފެނުގެ ޚިދުމަތަށް ދިމާވި ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ފާއިތުވި ނޮވެންބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލުނުކުރާގޮތަށް.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވެއެވެ.
ނޫސް ބަޔާން: ނޮވެންބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލުނުކުރުމާ ގުޅޭ#TeamFenaka pic.twitter.com/AOwvy8WaQK
— Fenaka Corporation Ltd (@TeamFenaka) December 2, 2025
އެ ދަތި އުނދަގޫ ވަގުތުގައި ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކުރާކަމަށާއި ކުރިޔަށް އޮތްތަނުގައި ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

