
ނޮވެމްބަރުމަހު އުމްރާވުމަށްދާ އެންމެ ފަހު ގުރޫޕް ފުރައިފިކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ޙައްޖު ކޯޕަރޭޝަންނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބެނެފައި ވަނީ ނޮވެމްބަރުމަހު އެ ކޯޕަރޭޝަނުން އުމްރާގެ އަޅުކަން އަދާކުރުމަށްދާ އެންމެ ފަހު ގުރޫޕް މިއަދު ހެނދުނު ފުރާފައިވާކަމަށާއި މި ގްރޫޕުގައި 122 އުމްރާވެރިން ތިބިކަމަށެވެ.
މީގެ އިތުރުން އުމްރާވެރިންނަށް 3 އުމްރާ ވުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި ކަނޑައެޅިފައިވާ ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުތައް ވެސް ހަމަޖެހިފައިވާނެކަމަށް ޙައްޖު ކޯޕަރޭޝަންއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ތޯއިފް ދަތުރާއި މައްކާ އަދި މަދީނާއަށް ދަތުރުކުރުން ވެސް ހިމެނިފައިވާނެކަމަށް ބުނެފައިވެއެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ނޮވެމްބަރުމަހު އުމްރާގެ އަޅުކަން އަދާކުރުމަށްދިޔަ ފުރަތަމަ ގުރޫޕުގެ 42 އުމްރާވެރިން ފުރާފައި ވަނީ އިއްޔެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

