
އަވައްޓެރި ސްރީލަންކާގެ ނުވަރަލިއާއަށް ދިޔަ ދިވެހި ޢާއިލާއެއް ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ބުނީ، ގެއްލިގެން ހޯދަމުންދަނީ ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ޢާއިލާއެއްކަމަށާއި އެ ޢާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަ ކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށެވެ. އަދި އެ ޢާއިލާއާ ނުގުޅިގެން މާލެއިން ރިޕޯޓްކޮށްފައިވާކަމަށާއި އެމްބަސީން މިހާތަނަށް ކުރި މަސައްކަތުން ވެސް އެމީހުންގެ ޚަބަރެއް އަދި ލިބިފައިނުވާކަމަށް ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ބުނެއެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރައިގާ ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި މިހާތަނަށް 50 ވުރެ ގިނަ މީހުން މަރުވެފައިވާކަމަށާއި 20 ވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

