
ގާތްގަނޑަކަށް ދެމަހެއްހައި ދުވަހު ބަލިވެ އޮތުމަށް ފަހު މިއަދު ހެނދުނު ދުނިޔެދޫކުރި ރާއްޖޭގެ ކުޅަދާނަ ފަންނާނު އަޙްމަދު ނިމާލްގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.
މީސްމީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރުޙޫމްގެ މައްޗަށް ވަނީ ދުޢާކުރައްވައިފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން.
މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް… pic.twitter.com/VbSq3BoFtJ
— Dr Mohamed Muizzu (@MMuizzu) February 26, 2026
ނިމާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު، މިއަދު އަޞްރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި އޮންނާނެއެވެ. މި ކަށު ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކޮށްދިނުމަށް ޢާއިލާއިން އެދެއެވެ.
ޢުމުރުން 64އަހަރުގެ ނިމާލްއަށް ޑިސެމްބަރ މަހުގެ 31ވަނަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހި އެންމެ ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް އޭނާއަށް ފަހުން ފަރުވާ ދިނީ އައިޖީއެމްއެޗްގައެވެ.

