
ނިމުނު ޑިސެންބަރމަހުގެ 31ވަނަ ދުވަހުގެރޭ ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުންދާ މަޝްހޫރު ފަންނާނު އަހުމަދު ނިމާލްގެ ޙާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ޢާއިލާއިން ހާމަކޮށްފިއެވެ.
ނިމާލްގެ ދަރިފުޅު ޖުމައްޔިލް އަހުމަދު ނިމާލް މީސްމީޑިއާގައި ބުނީ ބައްޕަގެ ޙާލު ރަނގަޅުވަމުން އަންނަކަމަށެވެ. އަދި ބައްޕައާ ބެހޭ ގޮތުން ދޮގު ޚަބަރު ނުފެތުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޭނާއަށް ހެޔޮދުޢާ ކޮށްދިނުމަށް ވެސް ޢާއިލާއިން ވަނީ އެދިފައެވެ.
ނިމާލްގެ މަރުގެ ޚަބަރު ރޭ މީސްމީޑިއާގައި ވަނީ ފެތުރިފައެވެ.
ޢުމުރުން 64އަހަރުގެ ނިމާލްއަށް ސްޓްރޯކެއް ޖެހި އެންމެ ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް މިހާރު އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ސަރޖަރީއެއް ވެސް ރޭގައި ވަނީ ކޮށްފައެވެ.

