ނިއުޖެނެރޭޝަން ފިޝިން ވެސެލް ޑިޒައިންކުރުމަށް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް އިއުލާންކޮށްފ އެވެ.
ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ހަރަދަށް ވޯލްޑް ބޭންކުން ފައިނޭންސިން ހަމަޖެހިފައިވާތީ ލިބޭ ފައިސާގެ ބައެއް ކޮންސަލްޓިން ސާވިސަސްގެ ދަށުން ފައިސާ ދެއްކުމަށް ބޭނުން ކުރަން ވަނީ ނިންމާފަ އެވެ.
ބޭނުންވާ ކޮންސަލްޓިންގ ސާވިސަސް އަކީ ”ކޮންސަލްޓެންސީ ފާމް ފޯ ޑިޒައިން ނިއު ޖެނެރޭޝަން ފިޝިން ވެސެލް” އަށް ކޮންސަލްޓެންސީ ފާމެއް ހޯދުމެވެ.
ޝަރުތު ހަމަވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލަފަ އެވެ.
ނިއު ޖެނެރޭޝަން ފިޝިން ވެސެލް ނުވަތަ ޒަމާނީ ވަސީލަތްތަކާއި އެކު މަސްވެރިކަމުގެ އުޅަނދުތައް ހެދުމަކީ ރައީސްގެ ވައުދުފުޅެކެވެ.