
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސްއިން ބުނީ ހޮނިހިރު އަދި އާދީއްތަ ދުވަހު ޒަކާތް ބަލައިގަންންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމަށެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށާއި މެންދުރު 13:00 އިން 15:00 އަށް ކަމަށެވެ.
މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައި ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިއުކޭޝަންގައެވެ.
ޒަކާތް ދެއްކޭނެ ބާވަތްތައް
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުއް
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެމީހަކު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

