
ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާ މި ދުވަސްވަރު، އެކަމަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
އައިޖީއެމްއެޗްއިން މިއަދު ބުނީ ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް އެ ކްލިނިކުން ލިބޭނެ ކަމަށެވެ. ހޮސްޕިޓަލް އެތެރޭގައި ހުންނަ ލުއި ބުއިމާ ޖެހިގެން ހުންނަ ކޮންސަލްޓޭޝަން ރޫމް10ގައި ހުޅުވި އެ ކްލިނިކް، ކޮންމެ ދުވަހެއްގެ ހެނުނު 10 އިން ރޭގަނޑު 10 ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ.
އެ ހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުން ފުރަތަމަ ދާނީ އީއާރްގައި ހުންނަ ޓްރައިޖަށް ކަމަށެވެ. އެތަނަށް ގޮސް، ކިއުބީ ޓޭކެން ސިސްޓަމްއިން ޓޯކެން ނަންބަރެއް ނެގުމުން، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށެވެ.
މި ދުވަސްވަރަކީ މާލެތެރޭގެ އިތުރުން އަތޮޅުތެރޭގައިވެސް ހުމާއި އަރިދަފުސް ރޯގާ އިތުރުވެފައިވާ ދުވަސްވަރެކެވެ.

