ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ވެސް ކަރެކްޝަންސްއަށް ދިނުމަށް ނިންމައިފި އެވެ.
ކަރެކްޝަންސް ހިންގަވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އެ ގޮތަށް މާލެ ސިޓީ ކައުންސިލާއި ހުޅުމާލޭ ބަލަހައްޓަމުންދާ ކުންފުނި އެޗްޑީސީއާއެކު ވަނީ އެއްބަސްވެފަ އެވެ.
ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްއަށް ދޭނީ، ސަރުކާރުން އަޅަން ނިންމާފައިވާ މައި ސެންޓްރަލް ޖަލުގެ މަސައްކަތް ނިމެންދެނެވެ.
“ރައީސުލްޖުމްހޫރިއްޔާ [ޑރ. މުހައްމަދު މުއިއްޒު] ގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން،” އިހުސާން ލިޔުއްވި އެވެ.