
ހުޅުމާޅެ ފޭސް 3 ހިއްކުން ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި 31 ހެކްޓަރު ބިން މިހާތަނަށް ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފި އެެވެ.
ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރު އެެވެ. އެހެންނަމަވެސް ދިމާވި ބައެއް ސަބަބުތަކާހެދި މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މި މަސައްކަތް އަލުން އެމްއޭސީއެލް އިން ފަށާފައި ވަނީ މިއަހަރުގެ ނޮވެބަރުމަހުގެ 10 ވަނަ ދުވަހުއެވެ.
އެ ކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނީ، ހުޅުމާލެ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ 49.2 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް ހިއްކުން އަވަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމަބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ދެ ޑްރެޖަރުން ދުވާލަކު ތިން ބުރު ޖަހަ އެވެ. ކޮންމެ ބޯޓަކުން ދުވާލަކު 63،000 ސީބީއެމްގެ ވެލި އަޅާނެ އެވެ. ދެ ބޯޓުން 126،000 ސީބީއެލްގެ ވެލި އަޅާނެ އެވެ.
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ނިމުމުން، ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ވެސް ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

