
މިދިޔަ ހުކުރު ދުވަހު ހިޔާގެ ފަސްވަނަ ޓަވަރުގައި އަލިފާން ރޯވުމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް ލިބުނު ގެއްލުންތައް މަރާމާރުކޮށްފިއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން އެ ޓަވަރުގެ މައި ހޮޅިއަށް ގެއްލުންވެ، ފާހާނާ މައްސަލަޖެހި ފެން ލިބުން ވަނީ މެދުކެނޑިފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިއަދު ބުނީ ނަރުދަމާގެ ނިޒާމު މަރާމާތުކޮށް، ހުރިހާ އެޕާޓްމެންޓަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން 31 އެޕާޓްމެންޓެއްގެ 148 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެންޑީއެމްއޭއިން ބުނީ އެމީހުންނަށް ދިން ބޯހިޔާވަހިކަމުގެ މުއްދަތު މިއަދު ހަމަވުމާއެކު، އަނބުރާ އާންމު ދިރިއުޅުމަށް ރުޖޫއަވެފައިވާ ކަމަށެވެ.
ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ކެއުމުގެ ކަންކަންވެސް ހަމަޖައްސައިދީފައިވަނީ އެ އޮތޯރިޓީންނެވެ.

