ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (އެސްޓީއޯ) އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް މަޝްރޫޢު، ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
ADS BY: STO
މި ނިންމުން ނިންމާފައިވަނީ ފާއިތުވި ދެ އަހަރުގެ ކުންފުނީގެ އޭޖީއެމްތަކުގައި އެސްޓީއޯގެ ހިއްސާދާރުން ހުށަހެޅި ހުށަހެޅުންތަކާއި އެއްގޮތަށެވެ.
އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، މި ހޮޓަލް މަޝްރޫޢު އެޗްޑީސީއަށް ހަވާލުކުރުމަށް އެއްބަސްވެފައިވަނީ 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ ނިމިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.
އެސްޓީއޯއިން ބުނީ މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމަނާނެކަމަށެވެ.
މި އިޢުލާނު ކޮށްފައިވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީޑީއޯއައި) ރެގިއުލޭޝަންގެ ދަށުންނެވެ.