
އެހެން ރަށަކަށް މީހުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިފާ ހދ. ހިރިމަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރަން ހަވާލުކޮށްފައި ވަނީ އެރަށުގައި އަދި މީހުން ދިރިއުޅޭތީ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއުގެ ތެރޭގައި، ހިރިމަރަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރަން ވަނީ ހަވާލުކޮށްފަ އެވެ. “ބިލްޑްޓެކް” ކިޔާ އަމިއްލަ ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 4.1 މިލިއަން ރުފިޔާއަށެވެ.
މީހުން ބަދަލުކުރަން ނިންމާފައި ވަނިކޮށް ހިރިމަރަދޫގައި 4 މިލިއަން ހަރަދުކޮށްގެން ތަރައްގީގެ މަޝްރޫއެއް ހިންގާތީ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައި ވަނީ އެރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު، އެރަށުގައި ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށެވެ.
މިދިޔަ އޮގަސްޓް 24 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެރަށު ރައްޔިތުން، އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެރަށު ރައްޔިތުންނަށް ހަހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ގޯއްޗެއްދެއްވައި، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެއެއް އަޅުއްވައި ނިންމާނެ ކަމަށެވެ.

