ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭން ދިޔަ ސައިކަލެއް ޖެހި މިއަދު އިރުއޮއްސެނިކޮށް ހިނގި އެކްސިޑެންޓެއްގައި، މީހަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު 17:53 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށާއި ހަ އަހަރުގެ ފިރިހެން ކުޑަކުއްޖަކަށެވެ.
ކުޑަކުއްޖާއަށް ފަރުވާ ދެމުން ދަނީ ޓްރީޓޮޕްގަ އެވެ. ދުއްވަން އިން މީހާއަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.