
ޝަހީދު ހުސެއިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށި ސިޓީގައި ހެދި ބިނާ މިއަދު ހުޅުވައިފި އެވެ.
“ޝަހީދު ކޯޕަރަލް ހުސެއިން އާދަމް” ގެ ނަމުގައި ހެދި އެ ބިނާ މިއަދު ހުޅުވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ބިނާ ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްއާއި ޝަހީދު ހުސެއިން އާދަމްގެ އާއިލާގެ ބޭފުޅުން ނެވެ.
ކުޅުދުއްފުށީ ބަންޑާރަމައިދާނުގައި ހެދި އެ ބިނާގައި ޝަހީދު ހުސެއިން އާދަމް ގެންގުޅުއްވި ބަޑިއާއި އަދި އޭނާ ޝަހީދުވެވަޑައިގެންނެވި އިރު ފާރަށް އެރި ވަޒަންތައް ދައްކުވައިދެ އެވެ.
ޝަހީދު ހުސެއިން އާދަމް ނިސްބަތްވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އޭނާއަކީ މިއަދު އެ ރަށުގެ ފަހުރެއްވެސް މެއެވެ.
މާލޭގެ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ހުންނަ ފުލުހުންގެ އިމާރާތަަށް ވެސް ނަންދީފައިވަނީ ޝަހީދު ހުސެއިންގެ އާދަމްގެ ނަމުން ނެވެ.

