
ރާއްޖޭގައި ޑޮލަރު މާރުކުރުމުގެ ކަންކަން “ފްލޯޓިން އެކްސްޗޭންޖް”އެއްގެ ދަށުން ކުރިއަށް ގެންދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ސަރުކާރުން ފެށުނީއްސުރެވެސް ގެންގުޅެމުން އައީ ފިކްސްޑް އެކްސްޗޭންޖް ރޭޓް ސިސްޓަމް އެކެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަބަދުވެސް އޮންނަނީ ބަދަލުވެއެވެ. ޑޮލަރުގެ އަގު އޮފިޝަލް ރޭޓްގައި 15.42އޮތް ނަމަވެސް ކަޅު ބާޒާރުގައި މިހާރު އޮތީ 20ރުފިޔާއިން މަތީގައެވެ.
ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ރުފިޔާ ޑީވެލޫކޮށް 20ރުފިޔާއަށް ބަދަލުކުރި ނަމަވެސް އެ ރޭޓްގައި ބޭންކުތަކުން ޑޮލަރު ނުލިބޭނަމަ ކަޅު ބާޒާރު ގަދަޔަށް ހިނގާނެ ކަމަށެވެ.
Dhivehi Rufiya devalue koh, US dollar eh MVR 20/- ah badhalu kurinamaves, e rate gai Bank thakun dollar nulibey nama kalhu baazaaru gadhayah hi’ngaane. Raajje ah rangalhu gothakee exchange rate mulhin float koh, dhookohlun. Dollar ge agakee baazaaruge thabeeathun kanda elhey hama…
— Mohamed Nasheed (@MohamedNasheed) February 25, 2026
އެހެންވެ ރާއްޖެއަށް މުޅިން ރަނގަޅު ގޮތަކީ ޑޮލަރުގެ ރޭޓް މުޅިން ފްލޯޓިންއަށް ދޫކޮށްލުންކަމަށް ވެސް އެމަނިކުފާނު ވިދާލުވިއެވެ.
“ޑޮލަރުގެ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ ހަމަ އަގަށް ހެދުން” ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ކުރިން ޑޮލަރު ވިއްކަމުން އައީ 12.75ރުފިޔާ އަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ޑޮލަރުގެ 15.42އަށް މަތިކުރިއެވެ.

