
އުވާލައިފައިވާ ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން މުހައްމަދު ނަޝީދު(ކާނަލް)ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ޑީއާރުޕީން ދައްކަން ޖެހޭ ފައިސާތަކެއް ނުލިބިގެން އެ ޕާޓީގެ މައްޗަށް ދައުވާކުރީ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރުއެވެ. އެއީ އާމިރުގެ ދެ ކުންފުންޏަކުން ވީޑިއޯ އެޑިޓްކުރުން ފަދަ ހިދުމަތްތައް ޑީއާރުޕީއަށް ލިބެން ޖެހޭ ފައިސާއެވެ.
އާމިރުއަށް އެ ފައިސާ ދައްކަން ސިވިލްކޯޓުން ހުކުމްކޮށްފައިވަނިކޮށް ޑީއާރުޕީ އޮތީ އުވާލައިފަ އެވެ. އެހެންވެ އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ވެސް އޮތީ ނުދައްކަ އެވެ.
އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 29 ވަނަ މާއްދާގެ ދަށުން ދަރަންޏަށް ޒިންމާވާން ޖެހޭނީ ދަރަނި އުފަންވިއިރު ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި ފަރާތަށް ކަމަށް ދައުވާގައި އޮތީ ބުނެފައެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުން އެ މައްސަލަ ނިންމީ ނަޝީދުގެ ޣައިރު ހާޒިރުގައެވެ. އަދި ހަތަރު މިލިއަން ރުފިޔާއަކީ ނަޝީދު އާމިރުއަށް ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ފައިސާ ދައްކަން އާމިރުއަށް ދައްކަން ހުކުމްކުރީ އިއްޔެއިން ފެށިގެން 14 ދުވަސް ތެރޭގައެވެ.

