
ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ހަލީފާ ބިން އަލް ޘާނީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ އަމީރުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ އުމުރުފުޅުން 74 ގައި މިއަދު ހެނދުނުއެވެ.
ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ކުރީގެ އަމީރު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އަދި ކުރީގެ އަމީރުގެ ދަރިކަލުން އަދި މިހާރުގެ ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ޘާނީއަށާއި ގަތަރުގެ ޝާހީ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަތަރު މިހާރު ދެކެމުންދާ ތަރައްގީއަކީ ކުރީގެ އަމީރުގެ ޒައާމަތުގެ ދަށުން ކޮށްދެއްވި މަސައްކަތުގެ ސަބަބުން ދެކެމުންދާ ތަރައްގީ ކަމަށެވެ.

