
ލޭ ހަދިޔާކުރާ ފަރާތްތަކުގެ ހާއްސަ ދަފްތަރެއް ޑިޖިޓަލައިޒްކޮށް މި އަހަރު ތައާރަފްކުރަން ނިންމާފައިވާކަމަށް މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން ހަލީމް އެކްސްގައި މިއަދު ވަނީ ލޭ ހަދިޔާ ކުރަން އިލްތިމާސްކުރައްވައިފިއެވެ.
އަދި މިހާރަށް ވުރެ ފަސޭހައިން ލޭ ލިބޭނެ ގޮތް ހަދަން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ހާއްސަ ދަފްތަރެއް ޑިޖިޓަލައިޒްކޮށް މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ތައާރަފްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ނިޒާމްއާއެކު ލޭ ހޯދުމަށް. ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރައްވާ ދީލަތި ފަރާތްތަކަށް ނުހަނު ބޮޑެތި ލުއިފަސޭހަތަކެއްދާނެކަންވެސް ފާހަގަކުރެއްވިއެވެ.
ހަލީމް ވިދާޅުވީ ހިދުމަތްތައް ޒަމާނީކޮށް ޑިިޒަލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން،، “ވަން ގަވް”ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ ނިޒާމު ވެސް މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ.
ލޭ ނުލިބޭ މައްސަލަ މިހާރުވެސް ވަރަށް ބޮޑެވެ. އަދި ބައެއް ފަހަރު ރަށްރަށުގައި ވެސް ލޭ ނުލިބިގެން އެހެން ރަށްރަށުން މީހުން ގެންގޮސްގެންވެސް ލޭ ހޯދައިފައިވެއެެވެ.

